"Manaahil Ramadan 1446" ge program thakuge therein baahvaa furathama Ihya Forum ah dhauvathu aruvan. 🎁 Dharus ah anna emmenah ves naseebu number eh libeyne. Adhi 5 meehun ge team eh govaigen anna faraaithakah ithuru Khaassa naseebu number eh libeyne. 📚 Uhudh Hanguraama 🗓 05 March 2024 ⏰ 21:00 🎙️ Sheikh Hassan Faisal 📍 Ukulhas Convention Center 📢📢📢 Update: Sheikh Abdus Salaam ge dharus vanee 11 March ah fas kurevifa. Miee Ukulhas Hope, Ukulhas Council adhi Ukulhas WDC gulhigen kuriyah gendhaa harakaatheh.
މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް ގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އަސީލްއާ މި ކައުންސިލުން ބައްދަލުކުރުން. މި ބައްދަލުވުމުގައި ވަނީ މި ނިސްޓްރީ އާއި ކައުންސިލް ގުޅިގެން ރަށުގެ ޒުވާނުންނަށް ޚާއްސަކޮށްގެން ކުރެވިދާނެ ތަފާތު ކަންކަމާ ގުޅޭގޮތުން މުހިންމު ވާހަކަތަކެއް ދެކެވިފައި.
ރަށުގެ ލޭންޑް ޔޫސް ޕްލޭންގެ ޑްރާފްޓާ ގުޅިގެން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ގޮތުން ލޭންޑް ޔޫސް ޕްލޭން އެކުލަވާލަމުންދާ ކުންފުންޏާއެކު 08 ޑިސެމްބަރ 2024 ގައި ބޭއްވުނު ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން ރައްޔިތުންގެ ފަރާތުން ލިބުނު ޚިޔާލުތަކަށް ރިއާޔަތްކޮށް، ބަދަލުގެނެވިފައިވާ ލޭންޑް ޔޫސް ޕްލޭން ހިއްސާކުރަމެވެ. ރައްޔިތުންގެ ފަރާތުން މައިގަނޑު ގޮތެއްގައި ލިބުނު ޚިޔާލުތައް: - ޓުއަރިޒަމްގެ ބޭނުމަށް ކަނޑައަޅާފައިވާ ބިމުގެ މިންވަރު އިތުރުވުން، އަދި ބޯހިޔާވަހިކަމަށް ކަނޑައަޅާފައިވާ ބިމުގެ މިންވަރު މަދުވުން - ގޯތީގެ އަދަދު އިތުރުކުރުން - ރައްޔިތުންނަށް ޚާއްސަ ލޯކަލް ބީޗެއް ކަނޑައެޅުން ރައްޔިތުންގެ ޚިޔާލަށް ރިޢާޔަތްކޮށް ގެނެވިފައިވާ ބަދަލުތައް: - ޓުއަރިޒަމްގެ ބޭނުމަށް ކަނޑައެޅިފައިވާ ބިމުގެ މިންވަރު މަދުކުރުން - ގޯތީގެ އަދަދު އިތުރުކުރުން - ރައްޔިތުންނަށް ޚާއްސަ ލޯކަލް ބީޗް ސަރަޙައްދެއް ކަނޑައެޅުން ވީމާ، ބަދަލުގެނެވިފައިވާ ލޭންޑް ޔޫސް ޕްލޭނަށް އިތުރު ޚިޔާލެއް ދެއްވަން ބޭނުންފުޅުވާނަމަ، ތިރީގައިވާ ލިންކް ބޭނުންކުރައްވާ 06 މާރޗް 2025 ގެ 13:00 ގެ ކުރިން ޚިޔާލު ހުށަހަޅުއްވަމުން ގެންދެވުން އެދެމެވެ. ލިންކް: https://forms.gle/bDoYKoP9jsheA6kb6
މި ކައުންސިލާއި, އުކުޅަސް ހޯޕް، މަންފާ، ޙިދުމަތް އަދި އުކުޅަހު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ގުޅިގެން ހެޔޮއެދޭ އެކި ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއި އެކު ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން "މަނާހިލް ރަމަޟާން 1446" މިނަމުގައި ކުރިޔައް ގެންދެވޭ ޙާއްސަ ޕްރޮގުރާމް " ފިއުޗާ އިމާމް" ގައި ބައިވެރި ވުމަށް މި ވަނީ ހުޅުވާލެވިފައި. މި ޕްރޮގްރާމްގައި ބައިވެރިވެވޭނެ އެންމެ ފަހު ތާރީޙް އަކީ 25 ފެބްރުއަރީ 2025 ގެ 18:00 ގެ ކުރިން ނެވެ. ބައިވެރި ވުމައް އެދޭ ފަރާތްތަކުން އަދި އިތުރު މަޢުލޫމާތު ހޯދުމަށް 9160682 އަދި 7460158 މި ނަންބަރ އަށް ގުޅުވުން އެދެމެވެ. Ukulhas Hope Ukulhas WDC #Manfaa Khidhumaiy
މި ކައުންސިލް އާއި އުކުޅަސް ހޯޕް އަދި އުކުޅަހު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ގުޅިގެން ހެޔޮއެދޭ އެކި ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއި އެކު އުކުޅަހު ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް ބަރަކާތްތެރިވެގެންވާ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން "މަނާހިލް ރަމަޟާން 1446" ގެ ނަމުގައި ކުރިއަށް ގެންދެވޭ ސިލްސިލާ ޕްރޮގްރާމް ތަކުގެ ތެރެއިން ބޭއްވޭ ބޮޑު ދަރުސް. ދަރުސް އަޑުއަހާލަން އަންނަ ޢާއިލާ ތަކުގެ މެދުގައި ގުުރުއަތުން ހޮވޭ ފަރާތަކަށް ޚާއްސަ ހަދިޔާއެއް އަދިވެސް އިތުރު ގިފްޓް ވައުޗަރ ތަކާއިއެކު. Ukulhas Hope Ukulhas WDC Local Government Authority
ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން މި ކައުންސިލާއި، ރަށުގެ މުޢައްސަސާތަކާއި، ކްލަބް ޖަމްޢިއްޔާތަށް ގުޅިގެން ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމްގެ ދަށުން 14 ފެބްރުއަރީގައި ކުރިއަށް ގެންދެވުނު ސައި އިވެންޓްގެ ތެރެއިން. މި އިވެންޓްގައި އެކި ގޮތްގޮތުން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަން. Ukulhas Hope Ukulhas WDC Khidhumaiy Ukulhas Health Centre Ukulhahu School Glorious Sports Club Ukulhas Sports Academy #stelcoukulhas #ukulhasmagistratecourt #ukulhaspolicedesk
ޣައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މި ކައުންސިލާއި ރަށުގެ މުއައްސަސާތަކާއި އަދި ރަށުގެ ކްލަބް ޖަމްޢިއްޔާތައް ގުޅިގެން "އުކުޅަސް ގާޒާއާއިއެކު: ދިރިއުޅުން އަލުން ބިނާކުރުމަށް" މި ނމުގައި ކުރިއަށް ގެންދެވޭ ސިލްސިލާ ފަންޑް ރެއިޒިންގް ޕްރޮގްރާމްތކަުގެ ތެރެއިން 17 ފެބްރުއަރީ 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 8 ން ހަވީރު 4 ށް ސައިކަލު ދޮވުމުގެ ޚާއްސަ ހަރަކާތެއް ބޭއްވުމަށް ވަނީ ރޭވިފައެވެ. މި ހަރަކާތުގައި ލިބޭ ހުރިހާ ފައިސާއެއް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ޚިދުމަތް ޖަމްޢިއްޔާއާއެވެ. މި އިވެންޓްގައި ވީހާ ގިނަ ބޭފުޅުން ބައިވެރިވުމަކީ މި ކައުންސިލުގެ ވަރަށް ބޮޑު އެދުމެކެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން އަބަދުވެސް ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވަމެވެ. Ukulhas WDC Ukulhas Hope Khidhumaiy Ukulhahu Schooll Ukulhas Health Centre Glorious Sports Club Ukulhas Sports Academy #STELCOUkulhas #ukulhaspolicedesk #ukulhasmagistratecourt
މި ކައުންސިލް އާއި އުކުޅަސް ހޯޕް އަދި އުކުޅަހު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ގުޅިގެން ހެޔޮއެދޭ އެކި ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއި އެކު އުކުޅަހު ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް ބަރަކާތްތެރިވެގެންވާ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން "މަނާހިލް ރަމަޟާން 1446" ގެ ނަމުގައި ގެންދެވޭ ސިލްސިލާ ޕްރޮގްރާމް ތަކުގެ ތެރެއިން. މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޓީމްތައް ހެދޭނީ 2 ޖިންސް ވަކިން. ނަން ނޯޓް ކުރުން ކުރިއަށް ދާނީ 17 ފެބްރުއަރީ 2025 ން ފެށިގެން 24 ފެބްރުއަރީ 2025 ގެ ނިޔަލަށް. Ukulhas Hope Ukulhas WDC Local Government Authority
ޣައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މި ކައުންސިލާއި ރަށުގެ މުއައްސަސާތަކާއި އަދި ރަށުގެ ކްލަބް ޖަމްޢިއްޔާތައް ގުޅިގެން 14 ފެބްރުއަރީ 2025 ވާ ހުކުރު ދުވަހުގެ ހަވީރު ސައި ވިއްކުމުގެ ހަރަކާތެއް ބޭއްވުމަށް ވަނީ ރޭވިފައެވެ. މި ހަރަކާތުގައި ލިބޭ ހުރިހާ ފައިސާއެއް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ޚިދުމަތް ޖަމްޢިއްޔާއާއެވެ. މި އިވެންޓްގައި ވީހާ ގިނަ ބޭފުޅުން ބައިވެރިވުމަކީ މި ކައުންސިލުގެ ވަރަށް ބޮޑު އެދުމެކެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން އަބަދުވެސް ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވަމެވެ. Ukulhas WDC Ukulhas Hope Khidhumaiy Ukulhahu School Ukulhas Health Centre Glorious Sports Club Ukulhas Sports Academy #STELCOUkulhas #ukulhaspolicedesk #ukulhasmagistratecourt
މި ކައުންސިލާއި، އުކުޅަސް ހޯޕް އަދި އުކުޅަހު އ.ތ.މ ކޮމިޓީއިން ގުޅިގެން ކުރިއަށް ގެންދާ "ޖަމާޢަތުގައި ނަމާދުކުރުމަށް އަހުލުވެރި ޖީލެއް އުފެއްދުން" ސިލްސިލާގެ ފުރަތަމަ ޕްރޮގްރާމް 20 ފެބްރުއަރީ 2025 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފޯމް މި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. Ukulhas Hope Ukulhas WDC
Some moments from the debate by Ukulhahu School students to mark International Day of Education on 24th January 2025. Students debated on this year’s theme: AI and Education — Preserving Human Agency in a World of Automation. Heartfelt thanks to Ukulhahu School's teachers and management for their support. And thank you, students for your insightful arguments on both sides.
ކެންސަރު ބަލީގެ އެކި ވައްތަރުތަކަށް ސްކްރީންކުރުމުގެ ޕްރޮގްރާމެއް 08 ފެބްރުއަރީ 2025 ގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. ވީމާ، މި ޕްރޮގްރާމްގެ ތެރެއިން ކެންސަރަށް ސްކްރީންކުރަން ބޭނުންފުޅުވާ ފަރާތްތަކުން 6660859 އަށް ގުޅުއްވާ ނަން ނޯޓް ކުރެއްވުން އެދެމެވެ. Cancer Society of Maldives Ukulhas Health Centre
އުކުޅަހު މަގުތައް ހެދުމުގެ މަޝްރޫޢުގެ ތެރެއިން މަގުތަކުގައި ތާރު އެޅުމަށް ބޭނުންވާ ތަރުގެ ފުރަތަމަ ޝިޕްމަންޓް މިއަދު ވަނީ އުކުޅަހަށް ގެނެވިފައި. އަދި ދެވަނަ ޝިޕްމަންޓް ވެސް ވަރަށް އަވަހަށް ލިބޭނެކަމުގެ މަޢުލޫމާތު ވަނީ ލިބިފައި. މި ފުރުސަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށާއި، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުالله ރާފިއުއަށާއި، ތޮއްޑޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ ޙުސައިން ސަމީރު އަދި އެމް.ޓީ.ސީ.ސީގެ އިސްވެރިންނަށް ޝުކުރު ދަންނަވަން.
ރަމަޟާން މަހަށް ތައްޔާރު ވުމުގެ ގޮތުން މި ފެށޭ ޝަޢްބާން މަހުގެ ކޮންމެ ހަފްތާއެއްގެ (ބުރާސްފަތި، ހުކުރު، ހޮނިހިރު) މި ދުވަސްތަކުގައި މަޣްރިބު ނަމާދަށް ފަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "މަޖާލިސް ރަމަޟާން" ދަރުސް ޕްރޮގްރާމްގެ ފުރަތަމަ ދަރުސް. މި ދަރުސް ޕްރޮގްރާމްއަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި މި ކައުންސިލާއި ގުޅިގެން ކުރިއަށް ގެންދެވޭ ޕްރޮގްރާމެއް. މި ދަރުސްގައި ވީހާ ގިނަ ރައްޔިތުން ބައިވެރިވެވަޑައިގަތުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެއް. Ministry of Islamic Affairs Local Government Authority
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި އުކުޅަސް ޓީމުން ދެއްކި ހިތްވަރަށް ސާބަސް ދެން. އިންޝާ الله ކުރިއަށް ހުރި މުބާރާތްތަކުގައި ނަތީޖާ ރަނގަޅުކޮށް މޮޅު ކުޅުމެއް ފެނިގެންދާނެ. މި މުބާރާތުގައި ޓީމަށް ދެއްވި ތަރުހީބަށް ސަޕޯޓަރުންނާއި، ސްޕޮންސަރުން އަދި އުކުޅަހުގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ޝުކުރުދަންނަވަން.
މި އަހަރުގެ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން، ރަސްދޫ އާއި އުކުޅަހާއި ދެމެދުގައި އޮތް އެއްބައިވަންތަކަމާއި އެކުވެރިކަން ރަމްޒުކޮށްދިނުމުގެ ގޮތުން Secretariat of the Rasdhoo Council އިން ވަނީ މި ކައުންސިލަށް ހަދިޔާ ޕެކެއް ފޮނުވާފައެވެ. މި ކައުންސިލުގެ މެމްބަރުންނާއި މުވައްޒަފުންގެ ނަމުގައި ރަސްދޫ ކައުންސިލަށް އިޚްލާސްތެރިކަމާއެކު ޝުކުރުދަންނަވަމެވެ.
ޚާއްސަ ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ޒިޔާރާތްކޮށް، އެފަރާތްތަކުގެ ހާލު ބަލައި، އެ ފަރާތްތަކާ ގުޅުންހުރި އުސޫލުތަކާބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން މި ކައުންސިލުން ހިންގަމުންދާ ޕްރޮގްރާމްގެ ތެރެއިން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، އެ ފަރާތްތައް ބަލަހައްޓަމުންދާ ފަރާތްތަކާ ބައްދަލުކުރުން (ދުވަސް 1)
މި ކައުންސިލާއި Ukulhas WDC Ukulhas Health Centre އަދި Society for Health Education ގުޅިގެން އެއިޑްސް އަދި ސެކްޝުއަލީ ޓްރާންސްމިޓެޑް އިންފެކްޝަންސް އާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ކުރިއަށް ގެންދެވުނު ސެޝަން ގެ ތެރެއިން. މި ސެޝަން ކުރިއަށް ގެންދެވިފައިވަނީ 18 އަހަރުން މަތީގެ ފަރާތްތަކަށް އަމާޒުކޮށްގެން.
ޚާއްސަ ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކުގެ ތެރެއިން އިސްރަށްވެހިންނަށް ޒިޔާރަތްކޮށް ހާލުބެލުން. މި ޒިޔާރަތުގައި އިސްރަށްވެހިންގެ އާންމު ސިއްހަތާއި، ދިރިއުޅުމުގެ ހާލަތާގުޅިގެން މަޢުލޫމާތު ހޯދިފައިވޭ. އަދި ކައުންސިލުގައިވާ އިސްރަށްވެހިންނާ ގުޅުންހުރި ބައެއް ކަންކަމާ ގުޅޭ މަޢުލޫމާތު ހިއްސާކުރެވިފައިވޭ
ރަށުގެ ލޭންޑް ޔޫސް ޕްލޭންގެ ޑްރާފްޓާއި ގުޅިގެން ރައްޔިތުންގެ ޚިޔާލު ހޯދުމުގެގޮތުން ލޭންޑް ޔޫސް ޕްލޭން އެކުލަވާލަމުންދާ ކުންފުންޏާއެކު 08 ޑިސެމްބަރ 2024 ވީ އާދީއްތަ ދުވަހުގެ ރޭ ބޭއްވުނު ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން. މި ބައްދަލުވުމުގައި ބައިވެރިވެ ރައްޔިތުންވަނީ ލޭންޑް ޔޫސް ޕްލޭނަށް މުހިންމު ޚިޔާލުތަކެއް ހުށަހަޅުއްވާފައެވެ. ބައްދަލުވުމުގައި ބައިވެރިވި އެންމެހާ ރައްޔިތުންނަށް ޝުކުރު ދަންނަވަމެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާ އަރިއަތޮޅު އުތުރުބުރީގެ ބައެއް ރަށް ރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އުކުޅަހު ކައުންސިލާއި އެކު އަތޮޅު ކައުންސިލްގެ އިދާރާގައި ބޭއްވުނު ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމުގެ ތެރެއިން އުކުޅަހަށް ކޮއްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައިވާ ކަންކަން. 1 - އުކުޅަހުގެ މަގުތަށް ނިންމުމަށް ބޭނުންވާ މެޓީރިޔަލް އާއި މެޝިނަރީ ލަސްތަކެއް ނުވެ ގެނެސްދެއްވާ ބާރު ސްޕީޑުގައި މަގުތަށް ނިންމުމުގެ މަސައްކަތް ކޮއްދެއްވާނެކަމަށް ވިދާޅުވި އެވެ. 2 - ބޯހިޔާވަހިކަން ހައްލުކޮށްދެއްވުމަކީ ރައީސް އެންމެ އިސްކަމެއް ދެއްވައިގެން ކުރިޔަށް ގެންދަވާ މަސައްކަތް ކަމާއި އެހެންކަމުން އަންނައަހަރުގެ ބަޖެޓްގެތެރެއިން އުކުޅަހުގެ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ހައްލުކޮށްދެއްވާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. 3 - އިތުރަށް ވިދާޅުވީ ކުޅިވަރުގެ ދާއިރާ ތަރައްގީ ކުރުމަށްޓަކައި ކުރާ މަސައްކަތުގެ ތެރެއިން އަންނައަހަރު ކުރީކޮޅު އުކުޅަހު ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ފައްޓަވައިދެއްވާނެ ކަމަށާއި ރަށު ކައުންސިލުން ހުށައަޅާ ބަދަލުތަކާއި އެއްގޮތަށް ކައުންސިލް އޮފީސް ކޮމްޕްލެކްސްގެ މަސައްކަތް ލަސްތަކެއްނުވެ ފައްޓަވައިދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. 4 - މީގެ އިތުރަށް ވިދާޅުވީ އުކުޅަހުގައި ބޭންކު ބްރާންޗެއް ހައްދަވައި ދެއްވުމަކީ ރައީސްގެ ވައުދުފުޅެއް ކަމާއި އެހެން ކަމުން އަންނައަހަރު މިމަސައްކަތްވެސް ފެށިގެން ދާނެ ކަމަށެވެ. 5 - ކައުންސިލަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދެއްވުމުގެ ގޮތުން ސްޓެލްކޯއަށް ނުދެއްކިހުރި ބިލްތަށް ސްޓެލްކޯ އަދި ފިނޭންސް މިނިސްޓްރީ އާއި މަޝްވަރާކޮށްގެން އޮފްސެޓް ކޮއްދެއްވާނެކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ 6 - އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފަރާތުން ކޮމެޓީ އުވާލުމާއި ގުޅޭ ގޮތުން ރައީސްއާއި ކުރެއްވި ސުވާލުގެ ޖަވާބުގައި ދެންނެވީ ކޮމެޓީ އުވައި ނުލައްވާނެކަމާއި އޭގެ ބަދަލުގައި އިތުރަށް ބާރުވެރި ކުރުމަށް ކުރަންހުރި ކަންކަން ކުރައްވާނެކަމަށެވެ.
އއ.އުކުޅަހު ބޯޅަދަނޑު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމުގެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލް އުސްތާޛް ޙުސައިން މުޙައްމަދު ލަތީފު އަދި މިނިސްޓަރ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން އަލްފާޟިލް ޢަބްދުﷲ ރާފިއު އުކުޅަހަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވުން. Hussain Mohamed Latheef Ministry of Sports, Fitness, and Recreation Abdulla Rafiu