ޚިދުމަތް ޖަމިއްޔާ، އުކުޅަސް ހޯޕް، ކުވައިތުގެ އާޔަތް ޗެރިޓީ އެސޯސިއޭޝަން އަދި ތުރުކީގެ އުއްމަ ޗެރިޓަބަލް އެސޯސިއޭޝަނާއެކު ބޭއްވުނު ބައްދަލުވުމުގެ ތެރެއިން. މި ބައްދަލުވުމުގައި ވަނީ އިސްލާމިކް ޓުއަރިޒަމާއި ގުޅޭގޮތުންނާއި، މެދުއިރުމަތީގައި ހުރި އިސްލާމީ ތަޢުލީމާއި ގުޅޭ ސްކޮލާޝިޕް ފުރުސަތުތަކާއި ގުޅިގެން މަޝްވަރާކުރެވިފަައި ވެއެވެ. @khidhumaiy.ngo Ukulhas Hope
އުކުޅަހު ކައުންސިލާއި، އުކުޅަސް ހޯޕް ގުޅިގެން އެޗް.ޑީ.ސީ ވޮލީބޯލް ޓީމުން އުކުޅަހުގެ ޒުވާން ކުޅުންތެރިންގެ ހުނަރު ކުރިއެރުވުމަށްޓަކައި ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޚާއްސަ ވޮލީބޯލް ތަމްރީނު ކޭމްޕްގެ ތެރެިއިން. ކޯޗު މުޙައްމަދު ސާޖިދު ގެ އިރުޝާދުގެ ދަށުން ކުރިއަށްދާ މި ކޭމްޕުގައި ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ބައިވެރިވާކަން ފާހަގަކޮށްލެވެއެވެ. Ukulhas Hope @club_hdc
21 ސެޕްޓެމްބަރ 2026 އިން 25 ސެޕްޓެމްބަރ 2026 އަށް މި ކައުންސިލުގެ ފަރާތުން ކުޅުދުއްފުށި ސިޓީ އަށް ކުރި ތަޖުރިބާ ދަތުރުގެ ތެރެއިން. މި ދަތުރުގައި ކުޅުދުއްފުށި ސިޓީ ކައުންސިލުގެ ފަރާތުން ވަނީ އެ ކައުންސިލުގެ އިދާރީ މަސައްކަތްތައް ކުރިއަށްދާ ގޮތާއި ގުޅިގެން މުހިންމު މަޢުލޫމާތުތަކެއް ހިއްސާކުރައްވާފައެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ފަރާތުން އަޅުގަނޑުމެނަށް ދެއްވި އެހީތެރިކަމާއި، ބެހެއްޓެވި ގާތްކަން ފާހަގަކޮށް މޭޔަރ މުޙައްމަދު ޢާޠިފް އަށާއި، ކައުންސިލް މެމްބަރުން، އަދި ކައުންސިލްގެ އިދާރީ މުވައްޒަފުންނަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަމެވެ. Kulhudhuffushi City Council
މި ކައުންސިލާއި 'އުކުޅަސް ހޯޕް' ގުޅިގެން 27 ސެޕްޓެމްބަރ 2026 އިން 1 އޮކްޓޫބަރ 2026 ގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ވޮލީބޯޅަ ކޭމްޕުގައި ބައިވެރިވުމުގެ ފުރުޞަތު، 13 އަހަރުން މަތީގެ ކުދިންނަށް މިހާރު ވަނީ ހުޅުވާލެވިފައެވެ. ވީމާ، މި ކޭމްޕުގައި ބައިވެރިވުމަށް ނަންނޯޓު ކުރެއްވުމަށް 9646706 އަށް ގުޅުވާލައްވާ Ukulhas Hope
ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމް ރަށުތެރެ ސާފުކޮށް ތަރުތީބުކުރުމުގެ ގޮތުން ފަށާފައިވާ ޕްރޮގްރާމު، މޫސުން ތަންދޭނަމަ މިއަދުވެސް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާތީ، މިއަދުގެ ހަރަކާތުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެލެއްވުމަށް އެދެމެވެ. ދުވަސް: 17 ސެޕްޓެމްބަރ 2026 (ބުރާސްފަރި) ގަޑި: 16:00 ތަން: ބޮޑީ ވޯރކްސް ކުރިމަތި (ބަނދަރު)
ދިވެހިރާއްޖޭގެ މާލިއްޔަތު ޤާނޫނާއި ގަވާއިދަށް އަހުލުވެރިކުރުމުގެ ގޮތުން ޕަބްލިކް ފައިނޭންސް އިންސްޓިޓިއުޓްގެ ފަރާތުން މިރަށުގެ މުއައްސަސާތަކަށް ހާއްސަކޮށްގެން 10 ސެޕްޓެމްބަރ 2026 އިން 11 ސެޕްޓެމްބަރ އަށް ކުރިއަށް ގެންދިޔަ ޓްރެއިނިންގ ގެ ތެރެއިން. މި ޓްރެއިނިންގ ގައި އުކުޅަހުގެ މުއައްސަސާތަކުގެ އިތުރުން އއ.ބޮޑުފޮޅުދޫ ކައުންސިލުގެ ފަރާތުން ވެސް ވަނީ ބައިވެރިވެފައި. Ministry of Finance and Public Enterprises Public Finance Institute Ukulhas WDC Ukulhas Health Centre Ukulhas School @ukulhasmagistratecourt Secretariat of the Bodufolhudhoo Council, North Ari Atoll
އުކުޅަހު އ.ތ.މ ކޮމިޓީގެ ފަރާތުން އިސްނަގައިގެން، މި ކައުންސިލާއި ގުޅިގެން އުކުޅަހުގެ އަންހެން އަދި ފިރިހެން ބޭފުޅުންނަށް ވެސް ބައިވެރިވެވޭނެ ގޮތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސިލްސިލާ ކަސްރަތު ކްލާސްތަކުގެ ފުރަތަމަ ޕްރޮގްރާމް 03 ސެޕްޓެމްބަރ 2026 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. Ukulhas WDC
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ މި ކައުންސިލުގެ އިމާމެއްގެ ގޮތުގައި 13 އަހަރުގެ މުއްދަތަކަށް ޚިދުމަތް ކުރެއްވި، އަދި މީގެ އިތުރުން ވެސް ރަށުގެ ތަރައްޤީ އާއި ކުރިއެރުމަށް އަގުނުކުރެވޭފަދަ ގިނަ ޚިދުމަތްތަކެއް ކުރެއްވި، ހަރުދަނާ ޝަޚްޞިއްޔަތެއްކަމުގައިވާ، އުކުޅަހު، އެވަރބްލޫ، ޝައުކަތު އިބްރާހީމް އަވަހާރަވުމުގެ ހިތާމައިގައި، މަރްޙޫމްގެ ޢާއިލާއަށް، މި ކައުންސިލާއި އުކުޅަހު ރައްޔިތުންގެ ނަމުގައި ނުހަނު އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަމެވެ. މާތް ﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، މަރްޙޫމް ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި! އާމީން!
މި ކައުންސިލާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އަދި މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް ގުޅިގެން އުކުޅަހުގައި ކުރިއަށް ގެންދެވުނު ބޭސިކް ފިޓްނަސް އިންސްޓްރަކްޓަރ ކޯހުގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން Ministry of Sports, Fitness, and Recreation @moysfmv @mnismv
މި ކައުންސިލާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އަދި މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް ގުޅިގެން އުކުޅަހުގައި ކުރިއަށް ގެންދެވުނު ބޭސިކް ފިޓްނަސް އިންސްޓްރަކްޓަރ ކޯހުގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން Ministry of Sports, Fitness, and Recreation @mnismv @moysfmv